މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ، ދިވެހިރާއްޖެ
ނަންބަރު: 116-FB2/IL/2026/54
ތާރީޚް:07 ޖަނަވަރީ 2026
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
"ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑަރސް"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ
މި ކުންފުނީގެ ބޭނުމަށް، "ޓެކްނޮލޮޖީ ސޮލިއުޝަންސް ޕްރޮވައިޑަރސް"ގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، މިކުންފުނިން އަންގާ ގޮތަކަށް، ޓެކްނޮލޮޖީއާ ގުޅުންހުރި ޙިދުމަތްތައް ފަރުމާކޮށް ބިނާކޮށް ފޯރުކޮށްދިނުމާއިއެކު ބެލެހެއްޓުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ އިކޮނޮމިކް މިނިސްޓްރީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި ޓީމުގައި މަދުވެގެން 5 ދިވެހިންވެސް ހިމެނެންވާނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް(bidinfo@macl.aero) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ތިރީގައި ބަޔާންކުރެވިފައިވާ ޤާބިލުކަން އަންގައިދޭ ލިޔުންތައް ހުށަހަޅަންވާނެއެވެ.
މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން މަސައްކަތްތައް ހަވާލު ކުރެވޭނެއެވެ.
Documents
By using this site, you agree to our Cookie Policy and Privacy Policy